މި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް ވަނީ ފަސްދުވަސް ޖަހާފައެވެ.
ހައްްޔަރު ކުރި މީހުން
ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)
މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)
އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)
އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)
އެނގިފައިވާ ގޮތުގައި މި އެންމެންވެސް ހައްޔަރުކުރީ މި އަތޮޅު ހުރާގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބައެވެ.
ހުރާއިން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން އަންނަނީ ގެއްލުނު ފައިސާ ހޯދަން އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އެ ފައިސާތައް ފެނިފައެއް ނުވެއެވެ.
އަދި އެމީހުން ހުރާއަށް އެރީ އެ ފައިސާތައް އެހެން ތަނެއްގައި ފޮރުވާފައިކަމަށް ބެލެވޭކަމަށާއި ހައްޔަރު ކުރި ވަގުތު އެ ޒުވާނުން ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައިކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ.
މި މީހުން ތިބި ގެސްޓްހައުސް ތެރޭ ޑޮލަރު ގުނަން ތިބި މަންޒަރު ސީސީ ޓިވީއަށް އަރާފައިވާކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.