އުރީދޫން މައުލޫމާތު ދޭ ގޮތުގައި 10 ވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ގދ. ވާދޫ އަށް ނިސްބަތްވާ އިބްރާހިމް ވަޖުދީ ކަމަށެވެ.
އުރީދޫއިން ބުނީ އޭނާ އަށް ލިބިގެން ގޮސްފައިވަނީ އުމްރާ ދަތުރެއް ކަމަށެވެ. އޭނާގެ ފަރާތުން އިނާމާއި ހަވާލުވީ މުހައްމަދު އިބްރާހިމްކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއް ކަމަށާއި މި ގޮތުން މި ކެމްޕޭނުގެ ދަށުން 19 ފަރާތަކަށް އެ އިނާމު ދެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2 މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އުރީދޫއިން ބުނީ މި ކެމްޕޭނުގައި ބައިވެރިވާ ބޭނުންވާ ފަރާތަކީ އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން ބައިވެރިވެ ވޭނެ ކަމަށާއި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން ބައިވެރިވެ ވޭނެ ކަމުގަ އެވެ.
އުރީދޫން ބުނީ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ ކަމަށެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ލިންކަށް ފޮލޯ ކުރަން އުރީދޫން ވަނީ އެދިފައި އެވެ.