ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް މިއަދު ހުކުމް އިއްވާއިރު، ބެލެވެނީ 10 ނުވަތަ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށެވެ. އެއީ، މަނީ ލޯންޑްރިންގެ މައްސަލައާއެކު ކުރިއަށް ދިޔަ މައްސަލަ ސާބިތުވެފައިވާތީ އަދި އެ މައްސަލައިގައި އިއްވާފައިވަނީ އެންމެ ބޮޑު ހުކުމް ކަމަށްވާތީއެވެ.
މިއަދު ހުކުމް އިއްވަން އޮތް، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބައްސާމްގެ މަނީ ލޯންޑްރިންގެ އިތުރު އެހެން ކޭސްއެއްވެސް ކުރިއަށް އެބަދެއެވެ.