ads
ބައްސާމް، ޖަލުގައި އިނދެގެން ޝަރިއަތުގައި ބައިވެރިވަނީ
އެފްއޭއެމް އިނދަޖައްސާލި ބައްސާމް 5 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މިހާރުވެސް ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށްލާން ހުކުމް ކުރުމާއެކު، 154،000ރ. ން ޖޫރިމަނާކޮށްފިއެވެ.
Advertisement

ބައްސާމް 5 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކުރިއިރު، ބައްސާމް މިހާރުވެސް އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

މިއަދު މެންދުރު ފަހު އޮތް މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު މައްސަލަ ބައްލަވާ ގާޒީވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް، ދައުލަތަށާއި ބައްސާމްއަށް ފުރުސަތު ދީފައެވެ. 

5 އަހަރުގެ ޖަލު ހުކުމް އިއްވި މި މައްސަލައިގައި ދައުލަތުން އެދުނީ 50،000 ޑޮލަރުގެ ޖޫރިމަނާ ކުރުމާއެކު 15 އަހަރަށް ޖަލަށް ލުމަށެވެ. އެއީ ބައްސާމް ލޯންޑަރ ކުރިކަން ސާބިތުވާ 10،000 ޑޮލަރުގެ ފަސް ގުނައެވެ. ބައްސާމްގެ ފަރާތުން އެދުނީ ލުއި އަދަބެއް ދިނުމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރީިގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ކުށް ސާބިވުވެގެންނެވެ. އެ މައްސަލައާއި ގުޅިގެން މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބައްސާމް ހުރީ ޖަލުގައެވެ. 

ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. 

ބައްސާމްގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއް މިހާރުވެސް ޝަރިއަތުގައި އެބައޮތެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް