ads
ލަންކާގެ ރައީސް ދާދި ފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ލަންކާ އާއި ރާއްޖެއާ ދެމެދު މުދާ ފެރީ ހިދުމަތް ފަށަނީ
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުދާ ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ލަންކާ ނޫސްތަކުން ބުނެފިއެވެ.
Advertisement

ލަންކާ ނޫހަކުން ބުނީ ފެރީ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ފެށީ  މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ ރާއްޖެއަށް ކުރެއްޗި ރަސްމީ ދަތުރުފުޅުގެ ތެރެެއިންކަމަށެވެ. އަދި އަންނަ މަހު ރައީސް މއުިއްޒު ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވާނެކަމަށާއި އެ ދަތުރުގައި މި މަޝްވާރަތަކަށް ގޮތެއް ނިމިގެންދާނެކަމަށް ބެލެވޭކަމަށްވެސް ލަންކާ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. 

ލަންކާ ނޫސްތައް ބުނާގޮތުން މި ފެރީގެ ހިދުމަތް ފެށިއްޖެނަމަ މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ ބާވަތްތައް ފަސޭހައިން ރާއްޖެ އަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން ހަލާކުވާ ޒާތުގެ ކާބޯތަކެތި އެކަށީގެންވާ އަވަސް މިނެއްގައި ރާއްޖެ ލިބި އެކަމަށް ކުރާ ހޭދަ އެތައް ތަނުން ކުޑަވެގެންދާނެކަމަށްވެސް ނޫސްތަކުން ބުނެއެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު ކަނޑުމަގުން ކުރާ ދަތުރުތަކަށް އާއްމުކޮށް 30 ގަޑިއިރު ހޭދަވެއެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

މިދިޔަ ސަރުކާރުން 2020 ވަނަ އަހަރު ރާއްޖެ އާއި އިންޑިއާގެ ކޮޗިން ދެެމެދު މުދާ އުފުލާ ފެރީގެ ހިދުމަތް ފެށިއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ފެށިގެން އެ ހިދުމަތް އޮތީ ހުއްޓިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް