ads
ޝާހުރުކް ހާންއާ އާރްޔަން ހާން
އާރްޔަން ހާންގެ ފުރަތަމަ ފިލްމުގައި ޝާހްރުކް ހާން ފެންނާނެތަ؟
ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ނުވަތަ ވެބް ސީރީޒް "ސްޓާޑަމް" އާ ގުޅޭގޮތުން ބޮލީވުޑްގައި މިހާރު ދެކެވޭ އެންމެ ހޫނު ވާހަކައަކީ މި މަޝްރޫއުގައި ޝާހްރުކް ހާން ފެންނާނެތޯ ކުރެވޭ ސުވާލެވެ.
Advertisement

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން، އާރްޔަންގެ މި ފުރަތަމަ މަސައްކަތުގައި ބައްޕަ ޝާހްރުކް ހާން ފެނިގެންދާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ނަމަވެސް އޭނާ ފެންނާނީ މުޅި ފިލްމުގެ މައިގަނޑު ރޯލަކުން ނޫން ކަމަށާއި، ފެނިގެންދާނީ ހާއްސަ ފެނިލުމަކުން ނުވަތަ ކެމިއޯ ރޯލަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސީރީޒަކީ ބޮލީވުޑްގެ ފިލްމީ ދުނިޔެއާއި އޭގެ ފަހަތުގައި ހިނގާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާ އެއްޗަކަށް ވާތީ، ޝާހްރުކް ހާން ފަދަ ބޮޑު ތަރިއަކު އަމިއްލަ ސިފަޔަށް ނުވަތަ ސުޕަސްޓާރެއްގެ ގޮތުގައި މި ސީރީޒުން ފެނިގެންދިއުމަކީ މި މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ފޯރިއެކެވެ. ހަބަރުތައް ބުނާގޮތުން ޝާހްރުކް ހާން މިހާރު ވަނީ އޭނާގެ ބައިގެ ޝޫޓިންވެސް ނިންމާލާފައެވެ. އާރްޔަން ބޭނުންވީ އޭނާގެ ފުރަތަމަ މަސައްކަތް ބައްޕަގެ އެހީއާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވެގެން ކުރަން ނަމަވެސް، ފިލްމުގެ ވާހަކަ ރޭވިފައިވާ ގޮތުން ޝާހްރުކްގެ ފެނިލުމަކީ ވަރަށް މުހިންމު ބަޔަކަށް ވާތީ މިކަމަށް އެއްބަސްވީ ކަމަށްވެއެވެ.

ޝާހްރުކް ހާންގެ އިތުރުން ބޮލީވުޑްގެ އެހެން މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކަރަން ޖޯހަރްވެސް މި ސީރީޒްގެ ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އާރްޔަން ހާން ލިޔެ، ޑައިރެކްޓްކުރާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މިއީ 2026 ވަނަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފެންނާނެ އެންމެ އުންމީދީ އެއް މަސައްކަތެވެ. ބައްޕައާއި ދަރިފުޅު އެއް މަޝްރޫއަކުން ފެނިގެންދިއުމަކީ ސަޕޯޓަރުން މިހާރުވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް