ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އުމުރުން 25 އަހަރުގެ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އޭނާ ނިޔާވީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި އަފްލާހު ނިޔާވީ މާ ބޮޑަށް ހާލު ގޯސްވެ ހިތް ހުއްޓިގެންނެވެ.
އަލީ އަފްލާހުގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަަށް ފަހު މާފަންނު އާ ސަަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިއްޔެ ހަވީރު މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުގައި ހިނގި މި ހާދިސާގއި އިތިު މީހަކުވެސް ވަނީ ނިޔާވެފައެވެ. އެއީ ބަންގްލަދޭޝް ރައްޔިޔެއްކަމަށްވާ އުމުރުން 32 އަަހަރުގެ މަސްއޫދު ހުސެން އެވެ. މީނާ ސިފައިން ނަގާފައިވަނީ ހަދިސާއަށް ފަހު ކަނޑުގެ އަޑީގައި އޮއްވައެވެ.
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް
"އައި އެންޑް ސީ ހަލީމާ" ނަމަކަށް މި ކޮޅުވެއްޓި ބަންޑުން ޖަހާލީ ހައިމާކުތަކެއް އެއަށް ބަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އެ ގޮތުން އެއަށް އެއް އެއް ހައިމާކު ބަރުކޮށް އަނެއް ހައިމާކު ބެހެއްޓި ވަގުތު ކޮޅުވެއްޓިގެ ބެލެންސް ގެއްލި ބަނޑުން ޖަހާލީއެވެ.
މި ހާދިސާގައި ހިނގި ވަގުތު އެ ކޮޅުވެއްޓިގައި 14 މީހުން ތިބިކަމަށާއި މި އެންމެން ސަލާމަތްކޮށް 6 މީހަކަށް އަނިޔާވެގެން އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
މިއީ މިއަަރުގެ ތެރޭގައި ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ހިނގި ތިންވަނަ ހާދިސާއެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހަކު މަރުވިއެވެ. އަދި މިދިޔަ މަހު ހިނގި ހާދިސާގައި ތިން މީހަކު މަރުވި އިރު އޭގައި ދިވެއްސަކުވެސް ހިމެނެއެވެ.