ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި، ރާއްޖޭގެ ތައުލީމަށާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ އިބްރާހިމް ރަޝީދުގެ ލޮބުވެތި އަނބިކަނބަލުން އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މަރުހޫމާ ސާމިޔާ ލަތީފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވީ އުމުރުން 73 އަހަރުގައެވެ. އެކަމަނާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.