ads
ޒަހްރާން މަމްދާނީ: - ފޮޓޯ: ގެޓީ އިމޭޖް
މަމްދާނީ ނިއު ޔޯކް މޭޔަރަކަށް ހޮވަން ޖެހޭ ސަބަބެއް ނެތް: ޓްރަމްޕް
އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ޒަހްރާން މަމްދާނީ އަށް ވޯޓުދީ ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
Advertisement

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އާއި ގާޑިއަން އެންޖެލްސްގެ ބާނީ އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އަށް ވުރެ، 34 އަހަރުގެ މަމްދާނީ އުޅުއްވަނީ މޭޔަރުކަމުގެ ރޭހުގައި މާ ކުރީގަ އެވެ.

"ރިއަލްކްލިއާ ޕޮލިޓިކްސް" ގެ ޕޯލްތަކުން ދައްކާ ގޮތުގައި މަމްދާނީ 45.8 ޕަސެންޓުން ލީޑުކުރައްވާއިރު، ކުއޯމޯ އަށް ވުރެ އިތުރަށް އޮތް 14.7 ޕޮއިންޓު ލީޑު ގެންދަނީ ދަމަހައްޓަމުންނެވެ.

މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އޭނާގެ ޓީމުން ގެންދަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ.

މަމްދާނީ ވަނީ ކުޑަކުދިން ހިލޭ ބެލެހެއްޓުމާއި، ދަތުރުފަތުރު އަގުހެޔޮކުރުމާއި، 2030 ވަނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 30 ޑޮލަރުގެ އުޖޫރައެއް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވައުދުވިގޮތުގައި އެ އެޖެންޑާއަށް ފައިސާ ހޯދާނީ ކޯޕަރޭޝަންތަކާއި މިލިއަނަރުންގެ އަތުން އާ ޓެކްސްތަކެއް ނަގައިގެންނެވެ.

ނަމަވެސް އެއްވެސް ކަހަލަ އެގްޒެކްޓިވް ތަޖުރިބާއެއް ނެތް ބޭފުޅަކަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ، ފައިސާގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވެސް ވިދާޅުވެފައިވާއިރު، އެ ވައުދުތައް ފުއްދައިދެވޭނެތޯ ސުވާލު އުފެދޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޓްރަމްޕް ވިދާޅުވީ މަމްދާނީ އަކީ ތަފާތުކުރުން ގެންގުޅޭ މީހެއްކަމަށާއި އޭނާ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާގެ އުފަން ރަށް ނިއު ޔޯކަށް ދައުލަތުން ފައިސާ ދޭން ފަސްޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ އޭނާ ހޮވައިގެން ލިބޭނެ ގެއްލުން ކުޑަކުރަން އޭނާއާއި ފެއަށް ޖެހުން ބޭނުންތެރި ކަމަށެވެ.

"މަމްދާނީ ކާމިޔާބުކޮށްފި ނަމަ ފެޑެރަލް ފަންޑުން، ދޭންޖެހޭ ފައިސާއިން ކޮންމެހެން ދޭންޖެހޭ، ކުޑަ ފައިސާކޮޅެއް ނޫނީ ނިއު ޔޯކަށް ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް،" އިންތިހާބުގެ ވޯޓުލުން ފަށަން ތައްޔާރުވެފައި ވަނިކޮށް ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަމްދާނީގެ އަމާޒަކީ ދުނިޔޭގެ މާލީ މަރުކަޒެއް ގާއިމް ކުރެއްވުމެވެ. ނަމަވެސް އޭނާ ވަނީ ކޮމިއުނިސްޓެއް ކަމަށް އިންކާރުކުރައްވައިފަ އެވެ. ޓީވީ އިންޓަވިއުއެއްގައި އޭނާ ޖޯކެއް ގޮތަށް ވިދާޅުވީ އޭނާއަކީ ސްކެންޑިނޭވިއާގެ ސިޔާސީ ބޭފުޅެއް" ކަހަލަ ބޭފުޅެއް ކަމަށެވެ.

ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ.

އިންތިހާބުގެ ވޯޓުލުން ފަށާނީ އެމެރިކާ ގަޑިން މިއަދު ހެނދުނު 6:00 ގައެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00 އެވެ. އިންތިހާބުގައި ވޯޓުލުމަށް ގާތްގަޑަކަށް 50 ލައްކަ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް