އޭނާ ބުނީ، އެ ޗެޓްބޮޓުން ލިބުނު ގޯސް ޖަވާބުތަކެއްގެ ސަބަބުން އިމްތިހާނުތަކުން ފާސްނުވި ކަމަށެވެ.
ކިމް ހާމަކުރި ގޮތުގައި، ގާނޫނީ ކިޔެވުމުގެ ތެރޭގައި އޭނާ ޗެޓްޖީޕީޓީ ބޭނުންކުރި އެވެ. އިމްތިހާނުގެ ސުވާލެއްގެ ފޮޓޯއެއް ނަގައި، އޭއައިއަށް އަޕްލޯޑްކޮށްގެން ޖަވާބު ހޯދި ކަމަށާއި، ނަމަވެސް ބައެއް ފަހަރު އެ ޖަވާބުތައް ގޯސް ކަމަށް އޭނާ ބުންޏެވެ. "އަހަރެން ހުރިހާ އިމްތިހާނަކުން ފެއިލްވީ އޭގެ ސަބަބުން،" ކިމް ބުންޏެވެ.
މިކަމާ ގުޅިގެން އޭނާގެ ހިތްހަމަނުޖެހުން އޭއައި ޗެޓްބޮޓާ ހިއްސާކުރާ ކަމަށް ވެސް ކިމް ބުންޏެވެ. "އަހަރެން ރުޅި އައިސްގެން އޭތި ދެކެ ހަޅޭއްލަވަން. 'ތިމަންނަ ފެއިލްކޮށްލީ ތި އިންސާނެއް ނޫން! ކީއްވެ ތިހެން ހެދީ؟' އަހަން،" ކިމް ބުންޏެވެ. މިކަމުން ދޭހަވަނީ ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުމުން ދިމާވެދާނެ ގޮންޖެހުންތަކެވެ.