ރައީސް މިހެން ވިދާޅުވީ އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް ޔަޤީންކޮށްދިނުމުގައި އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާ އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފް އަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމަށް ނިންމާ އެ މަސައްކަތް ފަށާފައިވާކަމަށެވެ. ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް ޤާއިމުކުރެއްވުމަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމުގެ ޔަޤީންކަން އޮތުމަކީ އިންވެސްޓަރުންނަށް ދެވޭނެ އެންމެ ފަހި ސިގްނަލް ކަމަށެވެ.
2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި މި ޤައުމު ގުނާލެވޭނީ ހަމަ ޔަޤީނުންވެސް މި ޤައުމުގައި ވަރުގަދަ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮތް ޤައުމަކަށް ވެގެންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.