ads
މެމްބަރު މުހައްމަދު ޝާހިދު
މި ވެރިކަމުގައި ހުޅުދޫ-މީދޫ ވެގެންދާނީ ދުބާއީ އަށް: ޝާހިދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ، ދުބާއީ އާއި އަބޫދާބީ ފެންވަރަށް ތަރައްގީކުރާނެ ކަމަށް، އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ޝާހިދު މިހެން ވިދާޅުވީ، ރައީސް މުއިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ސަރުކާރުން ހުޅުދޫ-މީދޫއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އެ ދެ ރަށް ވަކިކުރުމަށް މަގުފަހިކޮށްދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރީގެ އެއްވެސް ސިޔާސީ ވެރިއަކަށް ނުކުރެވި އޮތް މިކަން، ރައީސް މުއިއްޒު ކޮށްދެއްވުމަކީ އެ ދެ ރަށުގެ ރައްޔިތުންނާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަވާ ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ހުޅުދޫ-މީދޫ ވަކިން އޮތުމަކީ ނިކަމެތިވުން ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިމުގެ ސައިޒަށް ބަލާއިރު އެ ދެ ރަށަކީ ރާއްޖޭގެ ފަސް ވަނައަށް އެންމެ ބިން ބޮޑު ސަރަހައްދު ކަމަށާއި، އާބާދީގެ ނިސްބަތުން ހަ ވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އެ ދެ ރަށުގައެވެ. އެހެންކަމުން، ރައީސްގެ ލޯތްބާއި އެކު އެ ދެ ރަށަށް ވައުދުވެވަޑައިގެންނެވި ކަންކަމުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވައި، ހުޅުދޫ-މީދޫ ވާނީ ދުބާއީއަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް