ads
ފައްޔާޒު
އަތުލި ޓޫރިޒަމް ބިން އަލުން އައްޑޫ ކައުންސިލަށް ދޭނަން: ފައްޔާޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލުގެ ބާރުގެ ދަށުން ނެގި ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިން، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އެ ކައުންސިލާ ހަވާލުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
Advertisement

ފައްޔާޒު ވިދާޅުވީ، ސަރުކާރުން އެ ބިން އަތުލާފައިވަނީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމުގެ ނިޔަތުގައި ކަމަށެވެ.

ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ މި އަމަލަކީ އައްޑޫ ސިޓީ އަމިއްލައަށް އިގުތިސާދީ ގޮތުން ފުދުންތެރިވުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ހިންގި ކަމެއް ކަމަށެވެ. އަދި ޓޫރިޒަމްގެ ސީދާ ފައިދާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެކަމަށް ހުރަސް އެޅުމުގެ ބޭނުމުގައި މިފަދަ ފިޔަވަޅެއް އެޅީ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. "ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް ބާކީކޮށްލުން. އެމްޑީޕީގެ ސަރުކާރެއްގައި މި ސަރުކާރުން އަތުލާ އައްޑޫގެ ޓޫރިޒަމް ބިންތައް ސިޓީ ކައުންސިލާ އަލުން ހަވާލުކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން އަތުލާފައި ވަނީ ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދުގައި އޮތް 40 ހެކްޓަރުގެ ބިމެކެވެ. މިއީ 2.4 ކިލޯމީޓަރުގެ ދިގު ހުދު ވެލިގަނޑެއް އޮންނަ ސަރަހައްދެކެވެ. އެމްޑީޕީގެ ވެރިކަމުގައި އައްޑޫގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކި މި ބިމަކީ، ރައްޔިތުންގެ ހިޔާލާ އެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމްގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ކައުންސިލުން މި ބިން ތަރައްގީކުރަން މަސައްކަތް ކުރަމުން ދަނިކޮށް ސަރުކާރުން ވަނީ ބިން ނަގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް