ads
އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ތެރެއިން
އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި
އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
Advertisement

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. 

އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި  މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

your imageއައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ތެރެއިން

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް