ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމުގެ އުސޫލު ބަދަލުކޮށްފި
ސަރުކާރުގެ މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމުގެ އުސޫލަށް ސަރުކާރުން މުހިންމު ބަދަލެއް ގެނެސްފި އެވެ.
Advertisement

ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދެން ފައިސާ ދޫކުރާނީ މަޝްރޫއު ކުރިއަށްދާ މިންވަރާއި މަސައްކަތުގެ ނަތީޖާއަށް ބެލުމަށްފަހު، ހަރުދަނާ މިންގަނޑެއްގެ ތެރެއިން ކަމަށެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ބަދަލާއެކު ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި އާ އުސޫލުގެ ދަށުން، ސަރުކާރުން ކަނޑައަޅާފައިވާ ޕާފޯމަންސް މިންގަނޑުތަކާ މަސައްކަތުގެ ނަތީޖާއާ ގުޅުވައިގެން ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަވެ، ސަރުކާރުގެ މުއައްސަސާތަކުން މަޝްރޫއުތަކުގެ ހިންގުން ގާތުން ވަޒަންކުރަމުންދާނެ އެވެ. އަދި މަޝްރޫއުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސްގެ ޒިންމާތައް ވެސް އެއްބަސްވުމުގައި ހިމަނާފައިވާނެކަމަށް މިނިސްޓަރު ވުދާޅުވިއެވެ. 

މި ބަދަލުގެ މައިގަނޑު އެއް މަގުސަދަކީ ދިވެހި ވިޔަފާރިތައް ބާރުވެރިކޮށް، އެފަރާތްތަކަށް މަސައްކަތާ އެއްވަރަށް ބަރާބަރަށް ފައިސާ ލިބުން ކަށަވަރުކުރުމެވެ. މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް މޮނިޓާކުރާނެ ރަނގަޅު އިންތިޒާމެއް ގާއިމުކުރުމުން، ބޭންކުތަކުގެ އިތުބާރު ލިބި އިތުރު މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ. މިކަމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ކުރިއެރުން ލިބި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް