ads
މިއަހަރުގެ ވަރަ އެކްސްޕޯގެ ބައިވެރިއަކު ބީއެމްއެލްގެ ސްޓޯލްގައި: ބީއެމްއެލަކީ މިއަހަރުގެ އެކްސްޕޯގެ މައި ސްޕޮންސަރު - ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްގެ އެހީތެރިކަމާއެކު މިއަހަރުގެ "ވަރަ" އެކްސްޕޯ ފަށައިފި
ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.
Advertisement

މިއީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދިނުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް ގާއިމުކޮށްފަ އެވެ. 

މި ސްޓޯލުން ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރާނެ އެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއާ ގައިޑެންސް އާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ އެވެ.

ފާއިތުވި އަހަރުގެ އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. މި އަހަރުގެ އިވެންޓް ހޮނިހިރު ދުވަހުގެ ރޭ 22:00 އާ ހަމައަށް، ކުރިއަށްދާނެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް