ads
ކެރިއާ ގައިޑެންސް އަދި ގިވްއަވޭތަކާއެކު "ވަރަ" އެކްސްޕޯގައި އެޗްޑީސީގެ ގިނަ ސްޓޯލްތަކެއް
ކެރިއާ ގައިޑެންސް އަދި ގިވްއަވޭތަކާއެކު "ވަރަ" އެކްސްޕޯގައި އެޗްޑީސީގެ ގިނަ ސްޓޯލްތަކެއް
"ވަރަ" އެކްސްޕޯގެ ނަމުގައި މިއަދު ފަށާ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯގައި، ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން ގިނަ ސްޓޯލްތަކެއް ބަހައްޓަން ނިންމައިފި އެވެ.
Advertisement

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ 9 ސްޓޯލެއް ބަހައްޓާނެ އެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް ހިމެނެ އެވެ. އަދި، އެއާއެކު އެކްސްޕޯއަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަރުކޮޅުފުށި ވެޑިން ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ. 

your image"ވަރަ" އެކްސްޕޯގައި ހުރި އެޗްޑީސީގެ ސްޓޯލްއެއް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ. 

ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް އަބަދުވެސް ކުރިއަށްގެންދެ އެވެ. 

ފާއިތުވި އަހަރުގެ އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް