ads
މައިކަލް ޖެކްސަން އަދި ޕެރިސް ޖެކްސަން
މައިކަލް ޖެކްސަންގެ ކަޅު ސަފްހާތައް ފޮރުވަނީތަ؟
"ކިންގް އޮފް ޕޮޕް" ގެ ލަގަބުން މަޝްހޫރުވި މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ުކުރާ އާ ބައޮޕިކް "މައިކަލް" އަށް ގިނަ" ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
Advertisement

ޖެކްސަންގެ ކޮއްކޮގެ ދަރިފުޅު، ޖާފަރު ޖެކްސަން، މައިކަލްގެ ރޯލު ކުޅޭ މި ފިލްމު ހަގީގަތް އޮޅުވާލައިގެން ގެނެސްދޭ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މި ފިލްމަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ މައިކަލް ޖެކްސަންގެ ހަޔާތުގައި އޭނާއަށް ކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކުގެ ވާހަކަތައް ފިލްމުގައި ހިމަނާފައި ނުވާތީއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު ބަހުސެއް ފެށިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ތާރީހުގެ "ކަޅު" ސަފްހާތައް ފޮރުވައި، އޭނާގެ އަގު "ދޮވެލަން" ކުރާ މަސައްކަތެކެވެ.

ފިލްމަށް ފާޑުކިޔާ މީހުންގެ ތެރޭގައި މައިކަލް ޖެކްސަންގެ އުފަން ދަރިފުޅު، ޕެރިސް ޖެކްސަން ވެސް ހިމެނެއެވެ.  މީހެއްގެ ހަޔާތުގެ ފިލްމެއް ހަދާއިރު، އެމީހެއްގެ ހަޔާތުގެ ހުރިހާ ދިމާއެއް، އެއީ ރަނގަޅު ކަންތައްތަކެއް ނަމަވެސް ނުވަތަ ގޯސް ކަންތައްތަކެއް ނަމަވެސް ހިމަނަން ޖެހޭނެކަމަށް ފާޑުކިޔާ މީހުން ބުނެއެވެ. ހަގީގަތް އޮޅުވާލުމަކީ ބެލުންތެރިންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށް އެމީހުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް