ލޮކްޑައުންގައި ކްރިތީ އަންނަނީ އޮންލައިންކޮށް ޕިއާނޯ ކުލާސްތައް ނަގަމުންނެވެ. އެގޮތުން މިހާރު އެކަން ހޮބީއަކަށް ބަދަލުވެފައިވާއިރު ދާދި ފަހުން ކްރިތީ ހިއްސާކުރި ވީޑިއޯއަކުން ފެނިގެންދަނީ ލޯމަރައިގެން ޕިއާނޯ ކުޅޭ މަންޒަރެވެ.
ގިނަ ބަޔަކަށް އެވީޑިއޯ ވަނީ ކަމުގޮސްފައެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާ އަށް ތައުރީފު ވެސް ކޮށްފައެވެ.
އުމުރުން 31 އަހަރުގެ ކްރިތީ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ މިދިޔަ އަހަރުގެ ތެރޭގައި ދެ ފިލްމަކުން ފެނިގެންދިޔަ އެވެ. އެއީ "ހައުސްފުލް 4" އާއި "ޕާގަލްޕަންތީ" އެވެ.