ads
ހުސެން މުހައްމަދު، ޑރ މުއިއްޒު، އަދި އަދުރޭ: ފޮޓޯ ސަން
ރާއްޖެ އޮތީ ކޮން ލީޑަރަކާއެކުކަން ހުކުރު ދުވަހު ފެންނާނެ: އަބްދުއްރަހީމް
ދިވެހި ރައްޔިތުން ތިބީ ސާބިތުކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކަމަށާއި އެކަން އަންނަ ހުކުރު ދުވަހު ފެންނާނެ ކަމަށް ޕީއެންސީގެ ޗެއާޕަސަން އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
Advertisement

14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު މާލޭ ސަރަހައްދާއި މާލެ ކައިރި ރަށްރަށުގައި ހިންގާ ބޮޑު ހަރަކާތް ފެށުމަށް ކޮންގްރެސް ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަޙީމް ވިދާޅުވީ މި ޖަލްސާއަށް ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.

އަބްދުއްރަހީމު ވިދާޅުވީ ހުކުރި ދުވަހުގެ ބާއްވާ ފޯރި ގަދަ ބޮޑު ޖަލްސާގެ ތެރެއިން ވެސް އުންމީދު އާވާނެ އިތުރު އެތައް ކަމެއް ރައީސް އިއުލާން ކުރައްވާނެ ކަށެވެ.

"ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ. ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ،" އަބްދުއްރަހީމު ވިދާޅުވި އެވެ.

"އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ރައްޔިތުން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން."

ޕީއެންސީން ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު، މި މަހު 17ގައި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް