ads
ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން އަދި ރައީސް މުއިއްޒު
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕް ހުޅުވާލައިފި
ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ބުނި ގޮތުގައި، ދިވެހި ދަރިވަރުންނަށް ޖުމްލަ 318 ސްކޮލަޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިއީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕްތަކެކެވެ. މި ސްކޮލަޝިޕްތަކުގެ ދަށުން ޖުމްލަ 11 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ފުރުސަތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ކޮމްޕިއުޓާ ސައިންސް، އިންޖީނިއަރިން، ގާނޫނީ ދާއިރާ، އެޑިއުކޭޝަން، އަދި މީޑިއާ ފަދަ ވަރަށް މުހިންމު ދާއިރާތައް ހިމެނެ އެވެ. މީގެ އިތުރުން ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒްގެ ދާއިރާއިންވެސް ކިޔެވޭނެ އެވެ. އަދި އިސްލާމިކް ސްޓަޑީޒް، އަރަބި ބަސް އަދި ބޭރުގެ އެހެން ބަސްތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ސައުދީގައި ކިޔެވުމުގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އިމާމް ޔުނިވާސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތުވެސް މި ސްކޮލަޝިޕްގެ ދަށުން ލިބޭނެ ކަމަށް އެމްބަސީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް