ads
މަހްމޫދު ރިޔާޒް
ކަސްޓަމްއިން ކަނޑާލި ރިޔާޒަށް ވަޒީފާދޭން ލަފާދީފި
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، ރައްޔޮިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. 

އެ ނިންމުމާ އެއްގޮތަށް މަހްމޫދުގެ މަގާމު އިޔާދަކުރަން ލަފާދިން ކަން ބައެއް މީޑިއާތަކުން، 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއާ ހަވާލާދީވަނީ ރިޕޯޓްކޮށްފަ އެވެ. 

ރާއްޖެ އަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މަގާމުން ވަކިކުރީ ކަސްޓަމްސްގެ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.

ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަންކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަންކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒަށް ކުރާ ތުހުމަތުތައް އޭނާވަނީ އެންމެ ފުރަތަމަ ދުވަހުވެސް ދޮގު ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް