މިޒަމާނުގަ ދަންވަރު ހޭލެވުމަކީ ނިދީގެ މައްސަލައެއް ކަމަށް ދެކެވުނަސް، ސައިންސްވެރިން މިހާރު ބުނަނީ އެއީ މުޅިން ގުދުރަތީ ކަމެއް ކަމަށެވެ. އަދި ކަރަންޓު އީޖާދުކުރުމުގެ ކުރިން ބައެއް ސަރަހައްދުތަކުގައި އިންސާނުން ނިދާ އުޅުނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި، އެއީ ސިއްހަތަށް މާ ފައިދާހުރި ގޮތެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އިހު ޒަމާނުގައި، އިރު އޮއްސުމާއެކު މީހުން ނިދަން ތައްޔާރުވެ ނިދައެވެ. މިގޮތަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނިދުމަށްފަހު، މެންދަމުން އަލިވެ 3 ޖަހުމާހަމައަށް ނިދުމަށްފަހު ހޭލައެވެ. އެއް ގަޑިއިރާއި ތިން ގަޑިއިރާއި ދެމެދުގެ މި ވަގުތުކޮޅު އެމީހުން ހޭދަކުރަނީ ދުއާކުރުމާއި، ފިކުރުކުރުމާއި، އަދި ޒިކުރުކުރުން ފަދަ ކަންކަމުގައެވެ. އޭގެ ފަހުން، ފަތިސްވަންދެން އަނެއްކާވެސް ނިދަނީއެވެ. ތާރީހު އިލްމުވެރިޔާ ރޮޖާ އެކިރްޗް ވަނީ 15 އަހަރު ދުވަހު ދިރާސާކޮށް، ނިދުމުގެ އާދަ އޭރުގެ މީހުންގެ މެދުގައި މާ ރަނގަޅުކަމަށް ފާހަގަކޮށްފައެވެ.
ނަމަވެސް، ސިނާއީ އިންގިލާބާއި ކަރަންޓުގެ ސަބަބުން، މި ގުދުރަތީ ނިދުމުގެ އާދަ ވަނީ މުޅިން ބަދަލުވެފައެވެ. އަލިކަން ގިނަވެ، ރޭގަނޑު ހޭލާތިބެވޭ ވަގުތު އިތުރުވުމުން، މީހުން ނިދަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، މެންދަން ހޭލެވުމަކީ ނިދި ނައުމުގެ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެން ފެށިއެވެ. ނަމަވެސް، ނިދީގެ މާހިރުން ވިދާޅުވާ ގޮތުގައި، މިއީ އަހަރެމެންގެ ހަށިގަނޑު އޭގެ އަސްލު ގުދުރަތީ އާދައަށް އެނބުރި ދާން މަސައްކަތް ކުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި ދެ ދަންފަޅިއަށް ނިދުމަކީ ހަށިގަނޑަށް ފައިދާހުރި، ސްޓްރެސް ކުޑަކޮށްދޭ، އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދޭ ކަމެއްކަމަށްވެސް ބުނެއެވެ.