ads
އެމްޑީޕީގެ އެއްވުން
އެމްޑީޕީން މިމަހު 17 ވަނަ ދުވަހު ބާއްވަން އުޅުނު އެއްވުން ފަސްކޮށްފި
މި މަހު 17ގައި ރައީސް ޑރ. މުއިއްޒު ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ބާއްވަން އުޅުނު އެއްވުން ފަސްކޮށްފި އެވެ.
Advertisement

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެއްވުން ލަސްކުރުމާމެދު ގޮތެއް ނިންމަން އެދި ފޮނުވީ އެ އެއްވުން ރޭވުމަށް އެކުލަވާލި ކޮމިޓީންނެވެ. ކޮމިޓީން އެދުނު ގޮތަށް އެއްވުން ލަސްކުރަން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ގައުމީ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ދެން އެއްވުން އޮންނާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

ގައުމީ މަޖިލީހުގެ ރިޔާސަތުގައި މިރޭ އިންނެވި އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި އެއްވުން ރޭވުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ.

"ސަރުކާރުން ވަނީ ހުރިހާ ތަނެއް ބްލޮކް ކޮށްފައި. އާޓިފިޝަލް ބީޗު، ކާނިވާ، ރަސްފަންނު މި ހުރިހާ ތަނެއް ބްލޮކް ކޮށްފައި. ދެން އަޅުގަނޑުމެންނަށް އާއްމުކޮށް މިި ލިބޭ ސަލްޓަން ޕާކް. ސަލްޓަން ޕާކްގައި ވެސް މަރާމާތެއް ކުރަން ބަންދު ކޮށްފައިވާ ކަމަށް އަންގައި އެ ތަން ވެސް [އޮތީ] ސިޓީ ކައުންސިލުން އަތުލާފައި،" އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ އެއްވުމަށް ހުރަސް އަޅަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ރޭވުމަކުން ކަމަށް، އިބުރޭ ތުހުމަތުކުރެއްވި އެވެ.

މިރޭގެ ގައުމީ މަޖިލީހުގައި އެމްޑީޕީން ނިންމީ މި މަހު 17ގައި ބާއްވާ އެއްވުން ވަކި މުއްދަތެއް ނެތި ފަސްކުރުމުގެ އިތުރުން، އެއްވުން ބާއްވާނެ ތާރީހާއި ތަނާއި ވަގުތު ޕާޓީގެ ލީޑާޝިޕުން ނިންމާ ގޮތަށެވެ.

އެމްޑީޕީގެ އެއްވުން ފަސްކުރަން ނިންމިއިރު މި ސަރުކާރުން އަންނަނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ނެވެ.

އިތުރަށް ކިޔާލަން: ސަރުކާރަށް ދެއަހަރުވުމާއި ދިމާކޮށް ޕީއެންސީން ބޮޑު ޖަލްސާއެއް ބީޗުގައި ބާއްވަނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް