ads
މަހުމޫދު ރިޔާޒު
ރައީސް ވަކި ކުރެއްވި މަހުމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް، އެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް"ގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތަހުގީގުކޮށް، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ. އަދި، ވަޒީފާ އިއާދަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާފައިވާތީ، ރިޔާޒުގެ ވަޒީފާ ރައީސް އިއާދަކުރައްވާފައިވާ ކަމަށެވެ.

ކަސްޓަމްސް ގާނޫނުގައިވާ ގޮތުން އެ އިދާރާ އަށް ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކޮށް، ވަކިކުރާނީ ރައީސް އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.

ނަމަވެސް މަހުމޫދު ރިޔާޒު ވެސް އަމިއްލަ ދިފާއުއަށް ނުކުމެވަޑައިގެންނެވިއިރު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވެސް ފާޅުގައި ބުނަމުން އައީ އެއީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި މިދިޔަ މަހުގެ 29 ގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.

241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް