ads
މީރާ
ދައުލަތަށް ނުދައްކާ ހުރި ފައިސާ 13.2 ބިލިއަން ރުފިޔާއަށް އަރައިފި
ދެހާތް ތޭވީސް ވަނަ އަހަރު ނިމުނުއިރު ދައުލަތަށް އެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާގެ އަދަދު 13.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ، މި އަދަދު ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާ ތަންފީޒީ ބާރުތައް ނެގުން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ދައުލަތަށް ނުލިބި ހުރި 13.2 ބިލިއަން ރުފިޔާގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 6.55 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީ އާއި ޖޫރިމަނާގެ ގޮތުގައި ހުރި 6.67 ބިލިއަން ރުފިޔާ ހިމެނެ އެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުއްޔާއި އެއާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާ އެވެ. އެގޮތުން ހަމައެކަނި ރިސޯޓު ކުލި އާއި ޖޫރިމަނާގެ ގޮތުގައި ނުލިބި 5.9 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި ގޮތުގައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މީރާގެ ގާނޫނުން އެ އިދާރާއަށް ލިބިދޭ ބާރުތައް އަލުން ދިނުމެވެ. މީގެ ކުރިން މީރާގައި އޮތް ތަންފީޒީ ބާރުތައް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ދައުރުގައި ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނިޔާޒީ ވިދާޅުވީ، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތުގައި އިންސާފުވެރިކަމާއެކު އިތުބާރު ދަމަހައްޓާނެ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް