އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ނުވަ ޕާޓީގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ ފަސް ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު: