ads
ފޮރިން ސެކްރެޓަރީގެ މަގާމަށް އިނަޔާ އައްޔަންކުރުމުގެ ތެރެއިން
ފޮރިން ސެކްރެޓަރީއަކަށް އަލުން އިނާޔާ އައްޔަންކޮށްފި
ފޮރިން ސެކްރެޓަރީއަކަށް، އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަންކުރައްވައިފިއެވެ.
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައްޔަން ކުރި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަނުކުރީ ޑިސެމްބަރު 12، 2023 ގައެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

އެހެންނަމަވެސް ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި އިނާޔާ، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ މެއި މަހު ކުއްލި ގޮތަކަށް އެ މަގާމުން އޭނާ އިސްތިއުފާދެއްވިއެވެ. އެހެންނަމަވެސް އެ މަގާމުން އޭނާ އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. 

އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން ސެކްރެޓަރީއަކަށް އިނާޔާ އަލުން އައްޔަންކުރީ  މިދިޔަ އަންގާރަ ދުވަހުއެވެ. އިނާޔާ އަލުން އެ މަގާމަށް ހަމަޖެއްސުމާއި ހަމައަށް އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައެއްނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް