މިދިޔަ މަހުގެ 27 ވަނަ ދުވަހު އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި މީގެކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފައެވެ.
މި މައްސަލާގައި މިހާތަނަށް 7 މީހުން ހައްޔަރުކުރި އިރު އެމީހުން ފޭރުނު ޑޮލަރުތައް އަދިވެސް ފެނިފައެއް ނުވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި 4 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފައެވެ.
ކުރިން ހައްްޔަރު ކުރި މީހުން
އެނގިފައިވާ ގޮތުގައި މި އެންމެންވެސް ހައްޔަރުކުރީ މި އަތޮޅު ހުރާގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބައެވެ