ads
ބީއެމްއެލް ކާޑު މެޝިން މެދުވެރިކޮށް ފައިސާ ދައްކަނީ
ބީއެމްއެލްގެ ޑެބިޓް ކާޑުން ކުރާ ވިޔަފާރިއަށް ނަގާ ފީ 1 ޕަސެންޓަށް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުން އެ ބޭންކުގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް މީގެ ފަހުން މާޗަންޓް ފީގެ ގޮތުގައި ނަގާނީ 1 ޕަސެންޓް ކަމަށް އެ ބޭންކުން ބުނެފިއެވެ.
Advertisement

އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ވިޔަފާރި ކުރުމުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. މި ކޮމިޝަން ބޮޑުކަމުން ގިނަ ވިޔަފާރިވެރިން ކާޑު މެސިން ފިހާރަތަކުގައި ބަހައްޓަން ބޭނުން ނުވެއެވެ. 

ބީއެމްއެލުން ބުނީ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރް) މިއަދުން ފެށިގެން 1 ޕަސެންޓަށް މިއަދުން ފެށިގެން ކުޑަކޮށްފައިވާކަމަށެވެ.  2000 ވަނަ އަހަރު ޑެބިޓް ކާޑު ތައާރަފްކުރީންސުރެ މާޗަންޓް ޑިސްކައުންޓް ރޭޓް  މި ފީ ހުރީ 2.5 ޕަސެންޓުގައެވެ. ބޭންކުން ބުނީ މިއަދަދު ކުޑަކުރީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.

މި ފީ ކުޑަކުރުމުން ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7،000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

"ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮވޭ. އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ 1 ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލާދީ އެ ބޭންކުން ނެރުނު ބަޔާނުގައިވެއެވެ.

އެމްޑީއާރު ފީ ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް މިއަދު ތައާރަފްކޮށްފަ އެވެ.

 ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ތައާރަފުކުރި މި ފެސިލިޓީން ރަހުނަކާ ނުލައި ، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ހަމަޖެހޭނެ އެވެ. 

މި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް