ads
ރައީސް ސާލިހާއި ރައީސް ނަޝީދު. ފޮޓޯ: ވަން އޮންލައިން
އަނެއްކާވެސް ރައީސް ސާލިހާއި ރައީސް ނަޝީދު ކޯޅުމަކަށް
މިދިޔަ ރިޔާސީ އިންތިހާބަށްފަހު ރައީސް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދު ކޯޅުމަކަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
Advertisement

މި ފަހަރު ދެ ރައީސުން އަނެއްކާވެސް ކުރިމަތިލުމަކަށް ނުކުންނަވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށެވެ. މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރު ޕްރައިމެރީގައި ރައީސް ނަޝީދާއި ރައީސް ސާލިހް ވަނީ ދެ ފަޅިއަށް ހުންނެވިކަން ސާފުކޮށް އިއުލާންކުރައްވާފައެވެ. 

މޭޔަރުގެ ޕްރައިމެރީގައި ވާދަކުރަން މިހާރު ނިންމާފައިވަނީ މިހާރު މޭޔަރުކަމަށް ހުންނެވި އާދަމް އާޒިމާއި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއެވެ. 

އާދަމް އާޒިމް ކެމްޕެއިން މިދިޔަ ހަފްތާގައި ރަސްމީކޮށް ފެއްޓިއިރު ރައީސް ސާލީހް ހުންނެވީ އޭނާގެ ފަޅީގައިކަން ވަނީ ހާމަކޮށްފައެވެ. އަނެއްކޮޅުން އަލީ އަޒީމަށް ތާއިދުކުރައްވާކަން ރައީސް ނަޝީދު ހާމަކުރައްވާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ވަނީ އަލީ އާޒިމަށް ކެމްޕެއިންވެސް ފައްޓަވާފައެވެ. 

އެމްޑީޕީގައި މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އުފެދުނު ކޯޅުމުގައި އެމްޑީޕީން ނަޝީދާއި އެކު ވަކިވި މެމްބަރުންގެ ތެރޭގައި އާލީ އާޒިމް ހިމެނެއެވެ. އަދި އެއަށްފަހު ވަނީ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތައްކޮށް އެތައް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

އެންމެ ފަހުން ރަައީސް ނަޝީދާއި ރައީސް ސާލިހް މިފަދަ ވާދަވެރިކަމަށް ވަޑައިގަތީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމެރީގައެވެ. އެފަހަރު ރައީސް ސާލިހް ވަނީ ނަޝީދު ބޮޑުތަނުން ބަލިކުރައްވާފައެވެ. 

your imageފައްޔާޒު ރަޢީސް ނަޝީދާއެކު ގާނާގައި

މި ފަހަރުގެ މޭޔަރު ޕްރައިމެރީއަށް އަނެއްކާވެސް މި ދެބޭފުޅުން ގަދަ ހިފުމަކަށް ނުކުންނަވާއިރު މިފަހަރުގެ ތަފާތަކީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުންނެވި ފަޅިއެވެ. ރިޔާސީ ޕްރައިމެރީގައި ފައްޔާޒު ހުންނެވީ ރައީސް ސާލިހް ފަޅީގައެވެ. އެހެންނަމަވެސް މިފަހަރު ފައްޔާޒު ފެންނަނީ ރައީސް ނަޝީދުގެ ފަޅީގައި ހުންނެވި ތަނަނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް