ads
މިނިސްޓަރު ޝަހީމް އާއި ސައުދީ އެއާލައިންގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ހައްޖާއި އުމްރާ ދަތުރުތައް ފަސޭހަކުރުމަށް ސައުދީ އެއާލައިނާ އެކު މަޝްވަރާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ދިވެހި ހައްޖާޖީންނާއި އުމްރާވެރިންނަށް ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމާ ގުޅޭގޮތުން ސައުދީ އެއާލައިންގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
Advertisement

މި ބައްދަލުކުރެއްވުން އޮތީ މިނިސްޓަރު ޝަހީމް މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ސައުދީ އެއާލައިނުން ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ. މިނިސްޓަރު ވިދާޅުވީ، ދެ ގައުމު ދެމެދު ސީދާ ދަތުރުތައް ގާއިމުވެފައި އޮތުމަކީ ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި، ހާއްސަކޮށް ހައްޖު މޫސުމުގައި ދިވެހިން އުފުލުމަށް ސައުދީ އެއާލައިނުން ދޭ އިސްކަން ދިވެހި ސަރުކާރުން ފާހަގަކުރާކަމަށް ވެސް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވި ކަމަށެވެ. މި ދަތުރުފުޅުގެ ތެރޭގައި މިނިސްޓަރު ޝަހީމް ވަނީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމު ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ މުހިންމު ބައެކެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް