މި މަސައްކަތަކީ ސްވިޒަލޭންޑް ޓޫރިޒަމް އާއި ގުޅިގެން އެ ގައުމުގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ކުރާ މަސައްކަތެކެވެ. ސްވިޒަލޭންޑް ޓޫރިޒަމް އިން ވަނީ މި ސިލްސިލާގެ ޕްރޮޑަކްޝަން ޓީމަށް ތިބުމުގެ އިންތިޒާމުތަކާއި، ޝޫޓިންއަށް ބޭނުންވާނެ ތަންތަން ހަމަޖެއްސުމުގެ އިތުރުން ދަތުރުފަތުރުގެ ކަންކަމުގައި އެހީތެރިވެފައެވެ.
ސްވިޒަލޭންޑްގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބީޓީއެސްގެ އެހީތެރިކަން
"އާ ޔޫ ޝުއާ؟!" ގެ ނަމުން ނަންދީފައިވާ މި ސިލްސިލާގެ ދެވަނަ ސީޒަންގެ އަށް އެޕިސޯޑުގެ ތެރެއިން ހަ އެޕިސޯޑެއްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ސްވިޒަލޭންޑްގައެވެ. ސްވިޒަލޭންޑް ޓޫރިޒަމް އިން ބުނި ގޮތުގައި، މި މަސައްކަތަށް ސްވިޒަލޭންޑް ހިޔާރުކޮށްފައިވަނީ އެ ގައުމުގެ ޤުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތުގެ ސަބަބުންނެވެ. އުމުރުން 30 އަހަރުގެ ޖިމިން އާއި 28 އަހަރުގެ ޖަންގްކޫކް ވަނީ ގާތްގަނޑަކަށް އެއް ހަފްތާ ވަންދެން ސްވިޒަލޭންޑްގެ އެކި ހިސާބުތަކުގައި ޝޫޓިން ކުރިއަށް ގެންގޮސްފައެވެ.
މި ސިލްސިލާގެ ޝޫޓިން ކުރިއަށް ގެންދިޔަ ތަންތަނުގެ ތެރޭގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލްތަކެއް ކަމަށްވާ އިންޓަލާކެން އާއި ލޭކް ލޫސާން ހިމެނެއެވެ. ބީޓީއެސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިއަނުން ސަޕޯޓަރުން ތިބި ބޭންޑަކަށް ވުމުން، މި ސިލްސިލާގެ ސަބަބުން ސްވިޒަލޭންޑްގެ ޓޫރިޒަމްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.