މި ދެމަފިރިން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ބެވަލީ ހިލްސްގައި ބޭއްވި ތަރިން ހަފުލާއަކުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ކްރިސް ޖެނާގެ 70 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޕާޓީއެކެވެ. "007" ގެ ތީމަށް ބޭއްވި މި ޕާޓީއަށް ހެރީ އާއި މޭގަން ހާޒިރުވުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނު ކަމެކެވެ. މޮންޓެސިޓޯގައި އެމީހުންގެ ދެ ދަރިންނާއެކު ދިރިއުޅޭ މި ދެމަފިރިން ދަނީ ގެ ހަރަކާތްތަކުގައި އިތުރަށް ބައިވެރިވަމުންނެވެ.
މި ދެމަފިރިން އެކުގައި މިފަދަ ހަރަކާތްތަކުން ފެންނަމުން ދިޔަ ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މޭގަންގެ ހޮލީވުޑްގެ ހަރަކާތްތަކާ މެދު ޕްރިންސް ހެރީ ހުންނަނީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އެހެންނަމަވެސް، މި ޕާޓީގައި އެދެމަފިރިން އެކުގައި ބައިވެރިވެފައިވުމުން، އެއީ ހަމައެކަނި އަޑެއް ކަމަށް ވެސް ބެލެވިދާނެއެވެ.