އޭނާ މަޝްހޫރުވެފައިވަނީ "ޑައިނަސްޓީ" ގައި ކެރިންޓަން އާއިލާގެ ވަފާތެރި ކައްކާގެ ރޯލުންނެވެ.
ހޮލީވުޑް ރިޕޯޓާ އަށް މައުލޫމާތު ދެމުން އޭނާގެ ގާތް ރަހުމަތްތެރިޔެއް ކަމަށްވާ ވެންޑީ މިޗެލް ބުނީ، ބެޓީ މަރުވީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކެލިފޯނިއާގެ ސެންޓާ ބާބަރާގައި ކަމަށެވެ. އޭނާ މަރުވި އިރު އާއިލާގެ މެންބަރުން ތިބި ކަމަށް ވެސް ވެންޑީ ވަނީ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައެވެ.
ބެޓީ ހާފޯޑް އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ "ޑައިނަސްޓީ" ގައި މިސިޒް ގަނަސަންގެ ރޯލުންނެވެ. އޭނާ ވަނީ 1981 އިން 1989 އަށް އެ ސިލްސިލާގައި ހަރަކާތްތެރިވެފައެވެ. އަދި 1991 ވަނަ އަހަރު ގެނެސްދިން ރިއުނިއަން މިނީސީރީޒްގައި ވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ. "ޑައިނަސްޓީ"ގެ އިތުރުން "ދަ ޕޭޕާ ޗޭސް" ގައި މިސިޒް ނޮޓިންހަމްގެ ރޯލު ވެސް އޭނާ އަދާކޮށްފައިވެއެވެ. ސީރީޒްގެ ގިނަ ފޭނުން ބެޓީގެ ރޯލު ހަނދާންކުރަނީ "ބްލޭކް" އަށް ތައްޔާރުކުރާ މަޝްހޫރު "ލޭމްބް ސްޓޫ" އިންނެވެ.