ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުވި ހިތާބެއްގައި ރައީސް ވަނީ ސަރުކާރުގެ އަމާޒުތައް ހާސިލްކުރުމުގައި އިހުލާސްތެރިކަމާއެކު ދެމިތިއްބަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ފެށި ދަތުރަކީ 'ދިވެހިންގެ ރާއްޖެ ދިވެހިންނަށް' ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށްދިނުމުގެ ދަތުރެއް ކަމަށެވެ. އަދި މި މަސައްކަތުގައި ކުރިއަށް ދާނީ އިހުލާސްތެރިކަމާއި އެކު، މާތްﷲގެ ވާގިފުޅަށް އެދިތިބެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި އަމާޒަށް ވާސިލްވުމުގައި ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ހާއްސަ މުނާސަބަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވެސް ރައީސް އަރިސްކުރެއްވި އެވެ.