އޭނާ ރާއްޖޭ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ
މިދަތުރުފުޅުގައި އޭނާ ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، އަދި ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ފަންނީ އެހީތެރިކަން ބަދަލު ކުރުމާއި، އުމްރާނީ ތަރައްގީއަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކޮށްފައިވެއެވެ.
މިދަތުރުފުޅުގެ ތެރެއިން އޭނާވަނީ ވަނީ، ސީ ޕްލޭން ދަތުރުކުރާ ސަރަހައްދަށް ވަޑައިގެން އޮޕަރޭޝަންތައް ހިނގާ ގޮތް ބައްލަވާލައްވާފައެވެ.
އަދި މިދާއިރާއިން އިންޑިއާ އަދި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.