ads
ބިދޭސީން އުޅޭތަނަށް އިމިގްރޭޝަނުން ވަދެ ބަލަނީ
އޮޕަރޭޝަންތައް ހަރުދަނާކުރަން އިމިގްރޭޝަނުން ބޮޑީ ކެމެރާ ހޯދަނީ
މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، އެ އިދާރާގެ ބޭނުމަށް ބޮޑީ ވޯން ކެމެރާ ހޯދުމަށް ނިންމައިފި އެވެ.
Advertisement

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ކުރި އިއުލާނަކުންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއަށް ބޮޑީ ވޯން ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ނަމަވެސް، ހޯދަން ބޭނުންވާ ބޮޑީ ކެމެރާގެ އަދަދެއް އަދި އެ ކެމެރާތަކުގެ ހާއްސަ މައުލޫމާތުތަކެއް ގެޒެޓްގެ އިއުލާނުގައި ހިމަނާފައެއް ނުވެއެވެ. މި ޕްރޮޖެކްޓާ ގުޅޭ ލިޔެކިޔުންތައް އިމިގްރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނި ނަމަވެސް، އަދި އެ ލިޔުންތައް ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނުވެއެވެ. އެ އިދާރާގެ ވެބްސައިޓްގެ ޕްރޮކިއުމެންޓް ބައިގައި އެންމެ ފަހުން އަޕްޑޭޓްކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޮމްޕިއުޓަރު ސިސްޓަމް ހޯދުމަށް ކުރި އިއުލާނެކެވެ.

އިމިގްރޭޝަނުން ބޮޑީ ކެމެރާ ހޯދަން އިއުލާންކޮށްފައި މިވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާކޮށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް