ads
މާސްޓަ ކާޑުން ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ފާހަގަކޮށް ދިން ހަނދާނީ ފިލާއާ އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ހަވާލުވެވަޑައިގަންނަވަނީ - ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރުވާތީ، މާސްޓަކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތް މާސްޓަކާޑުން ފާހަގަކޮށް، އެ ބޭންކަށް އެވޯޑެއް ދީފި އެވެ.
Advertisement

ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑަޝިޕް" އިވެންޓުގައި މި އެވޯޑް, ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާއެވެ.

"ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕް" އަކީ ހޯމްލޭންޑް މިނިސްޓްރީއާއި މާސްޓަކާޑު އަދި ބީއެމްއެލްއާއެކު މިއަހަރުގެ އޮގަސްޓް މަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށާއި ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރަން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައިދޭން، އެ ޕާޓްނަޝިޕްގެ ދަށުން ބީއެމްއެލް އާއި މާސްޓަކާޑް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ،2002 ވަނަ އަހަރު ވުމަށް ފަހު ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެންނަން އެ ބޭންކުން ވަނީ ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފަ އެވެ.

އީޖާދީ "ސްމާޓް ސިޓީ" ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން އޭގެ ތެރޭގައި ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް