އެ މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ މިއަދު ބައްދަލުކުރައްވާފައިވާކަމަށެވެ.
މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީ އިން މިއަދުވަނީ ނިންމިކަން ހާމަކޮށްފައިވާކަމަށެވެ.
މިދިޔަ ހައްޖުގައި މައްކާ ރޫޓްގެ ހިދުމަތުގައި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކޮަށް ސައުދީ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.