މިނިސްޓަރު ޝިޔާމް ވަނީ މިކަން ކުރުމަށް ފްލޯޓިން އާރްކްސް ޕްރައިވެޓް ލިމިޑަޓް އަދި ޓީމް އިން ކުރި ބުރަ އަދި ދިން ހާއްސަ ސަމާލުކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވާފައި އެވެ.
ޝިޔާމް ފާހަގަ ކުރެއްވި ގޮތުގައި މި ޕްރޮޖެކްޓަކީ މީގެ އަށްމަސް ދުވަސް ކުރިން ފެށިގެން ދިޔަ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި މި ކަން ކުރިޔަށް ގެންގޮސްފައިވަނީ ބ.ފެހެންދޫ ގައި ކަމުގަ އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިހާރު މި މޫދު ވިނަތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ތައްޔާރުވެފައިވާ ކަމުގަ އެވެ.
މިކަމަކީ ރާއްޖެ އިގްތިސާދީ ގޮތުން މިނިވަން އަދި އެއްވެސް ގައުމަކަށް ބަރޮސާ ނުވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެޅުން މުހިންމު ފިޔަވަޅެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުގެ މުއްސަދިކަމުން ކުރެވިދާނެ އިތުރު ކަންކަން ބަލާ ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވެފައި އެވެ.
މި މުހިންމު ކަންތައް ކުރިޔަށް ގެންދިޔަ ޓީމަށް ކާމިޔާބީ އަށް ވެސް ޝިޔާމް ވަނީ އެޑިވަޑައިގެންފައި އެވެ.