10،000 ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވަމުކަލަށް ފެނުގެ މައްސަލަ ދިމާވެ ފެން ނުލިބި ތިބޭތާ 24 ގަޑިއަރަށޤ ވުރެ ގިނައިރުވަނީ ވެފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުވައްމުލަޖަށް ދިމާވެފައިވާ ފެނުގެ މައްސަލަ މިއަދު ހަވީރު ހައްލުވާނެކަމަށެވެ. އަދި ފެން މިއަދު ދޫކުރާނީ ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްފަހު ކަމަށްވެސް ނަޖާހު ވަނީ ވިދާޅުވެފައެވެ.
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ފެން ލިބެން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވަނީ ވިދަޅުވެފައެވެ. އެހެންނަމަވދެސް މިހާތަނަށް އަދި ފެނުގެ މައްސަލަ ހައްލުވެފައެއް ނުވެއެވެ.
ފެން ކަނޑާލަން ޖެހުމާއެކު، ފުވައްމުލަކުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން މާލެއިންވެސް ވަނީ ފެން ކޭސް ގެންގޮސްފައެވެ. އެގޮތުން މިހާތަނަށް 3،800 ފެން ކޭސް ގެންގޮސް، 1،200 ފެން ކޭސް ރައްޔިތުންނަށް ދޫކުރެވިފައިވާ ކަމަށް ސަރުކާެުން ވަނީ ބުނެފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގެ މައްސަލަ ކުރިމަތިވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އަދި ފެނަކަ ކޯޕަރޭޝަނުން ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.