އާދީއްތަ ދުވަހުގެ ރޭ ފަށާ މި ޝޯވގެ އާ ސީޒަންގައި ޓީވީ ޝަހުސިއްޔަތު ޖެކް އޮޒްބޯން، މޮޑެލް ކެލީ ބްރޫކް، އަދި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އެލެކްސް ސްކޮޓް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
މިފަހަރުގެ ލިސްޓުގައި ކޮމީޑިއަން ރޫބީ ވެކްސް، އެމާޑޭލްގެ އެކްޓްރެސް ލީސާ ރައިލީ، ސްޕެންޑާ ބެލޭގެ ބޭސިސްޓް މާޓިން ކެމްޕް، ރެޕާ އޭޗް، "އެންގްރީޖިންޖް" ގެ ނަމުން މަޝްހޫރު މޯގަން ބާޓްވިސްޓްލް، އީސްޓްއެންޑާޒްގެ އެކްޓްރެސް ޝޯނާ މެކާޓީ އަދި ކޮމީޑިއަން އެޑީ ކާޑީ ހިމެނެއެވެ. މި ތަރިން އޮސްޓްރޭލިއާގެ ޖަންގަލީގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާނެއެވެ.
ޝޯގެ 25 ވަނަ ސީޒަން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރުއެވެ. ތަފާތު ދާއިރާތަކުގެ މަޝްހޫރު ތަރިންތަކެއް މިފަހަރުގެ ޝޯވގައި ހިމެނޭތީ ގިނަ ބަޔަކު ދަނީ މި ސީޒަނަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.