ads
އިދިކޮޅު އެމްޑީޕީންގެ ވެރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކުރައްވަނީ
ކައުންސިލް އިންތިހާބުގެ މައުލޫމާތު ނުދޭކަމަށް ބުނެ އެމްޑީޕީން އިީސީއަށް
ލޯކަލް ކައުންސިލް އިންތިހާބުގެ މައުލޫމާތު ނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހިނގައްޖެއެވެ.
Advertisement

އަންނަ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާރިޗު 28ގައި ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އިންތިހާބަށް އިންތިހާބަށާް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް އީސީން ވަނީ ބުނެފައެވެ. 

އިދިކޮޅު އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިހާބު ކުރާގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަކަމަށެވެ. އެހެންނަމަވެސް އިންތިހާބަށް އިއުލާން ކުރިއިރުވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާކަން އެޕާޓިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެކަމުގެ ކަންބަޮޑުވުން އިލެކްޝަންސް ކަމިޝަނާއި ބައްދަލުކޮށް ހިއްސާކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ.   

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރު އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަރުން ގެ އަދަދު މަދުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ މިފަހަރު ހުށައަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އީސީން ވަނީ ބުނެފައެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅެއްކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް