މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ތަރިންތަކުން ފުރިގެން ދިޔަ މި ޕާޓީގެ ފޮޓޯތައް ކްރިސް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާއިރު، އޭގެ ތެރޭގައި ޕްރިންސް ހެރީ އާއި މޭގަންއާ އެކު ނަގާފައިވާ ފޮޓޯއެއް ހިމެނުނެވެ. ހަމައެއާއެކު، ކިމް ކާޑޭޝިއަން ވެސް ވަނީ ހަމައެކަނި މޭގަންއާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. ނަމަވެސް، ފަހުން މި ދެ ފޮޓޯ ވެސް އެމީހުންގެ އެކައުންޓުތަކުން ވަނީ ސިއްރުން ފޮހެލާފައެވެ.
ފޮޓޯތައް ޕޯސްޓުކުރުމަށްފަހު ފަހުން ފޮހެލުމުން ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އެ ފޮޓޯތައް ފޮހެލި ސަބަބެއް ކިމް އާއި ކްރިސް ހާމަކޮށްފައި ނުވާއިރު، މިކަމުގެ އަސްލާ މެދު ގިނަ ބަޔަކު ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.