ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 66 މީހަކު އަތުލައިގަނެފި
އިމިގްރޭޝަނުން ބުނީ، ޓާސްކްފޯހަކުން ރޭ މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 66 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
Advertisement

މި އޮޕަރޭޝަން އަމާޒުކުރީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރި ހަރަކާތްތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ ސަރަހައްދުގެ ގޯޅިތަކަށެވެ. އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޖުމްލަ 347 ބިދޭސީއަކު ޗެކުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 66 މީހަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި އަހަރުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާފައެވެ. އިމިގްރޭޝަނުން ބުނީ މިފަދަ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުން ޑިޕޯޓޭޝަން ސެންޓަރަށް ގެންގޮސް، ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހާއްސަކޮށް މާލޭގެ އާންމު ތަންތަން މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް