ads
ހޯމް މިނިސްޓަރު އަލީ އިހްސާން
ޑްރަގު ވިއްކާ ބޯ މީހުން އެހެންކަމަކާއި އުޅޭ، ރާއްޖޭގައި އުޅެން އުނދަގޫކުރާނަން: އިހްސާން
ރާއްޖޭގައި ޑްރަގު ވިއްކާ އަދި ބޯ މީހުން ދެން ރާއްޖޭ ނޫޅެވޭ ވަރަށް އުނދަގޫ ކުރާނެ ކަމުގެ ވަރުގަދަ އިންޒާރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ދެއްވައިފި އެވެ.
Advertisement

ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު ފަތިހު 5:30 އިން ފެށިގެން ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދާ އިރު މި އޮޕަރޭޝަންގެ ދަށުން 100 އަށް ވުރެން ގިނަ ތަންތަން ބަލާ ފާސް ކުރާން ނިންމާފައިވެ އެވެ. އަދި މި އޮޕަރޭޝަން މިހާތަނަށް 90 ގިނަ މީހުން ހައްޔަރު ކޮށްފައިވެ އެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ޑްރަގުގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތަކުން މިއަދުން ފެށިގެން ރާއްޖޭގައި އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެމީހުން ދެން ޖެހޭނީ އެމީހުން ކުރަމުން އެއާއި ވިޔަފާރަ ހުއްޓާލަން ކަމުގަ އެވެ.

"މިކަމުގައި މިއުޅޭ ކުދިންވެސް ދެން މިކަން ހުއްޓާލާފައި އެެހެން ކަމަކާއި އުޅެން އަޅުގަނޑު އެދެން. މިއަދަށް ފަހު ޑްރަގުގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" އިންޒާރު ދެއްވަމުން އިހްސާން ވިދާޅުވި އެވެ

 އެމީހުން މި މަސައްކަތް ކުރުމުގައި ކުރިޔަށްދާ ނަމަ އެ މީހުންނަށް މި ގައުމުގައި އުޅެން އުނދަގޫ ކުރާނެ ކަމުގަ ވަރުގަދަ އިންޒާރުވެސް އިހްސާން ވަނީ ދެއްވާފައި އެވެ.

މިއަދު ފެށިގެން މިދިޔަ އޮޕަރޭޝަނަކީ ދިވެހި މުޖުތަމައުއަކީ ޑްރަގުގެ ވަބާއިން ސަލާމަތްވެފައިވާ މުޖްތަމައުއަކަށް ހެދުމުގެ ގޮތުން އެޅުން ފުރަތަމަ ފިޔަވަޅުކަމަށާއި ކުރިޔަށް އޮތް ތަނުގައި މިފަދަ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދާނެ ކަމަށްވެސް އިހްސާން ވަނީ ވިދާޅުވެފައި އެވެ.

މިކަން ހުއްޓާލާނީ މި ވިޔަފާރީގައި މަސްއޫލުވެގެން އުޅޭ ފަރާތަކުން އެ ވިޔަފާރި ހުއްޓާލާ ހިސާބުން ކަމަށް އިހްސާން ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ ފަދަ ރައްކާތެރި އަދި އަމާން މުޖްތަމައުއެއް ގާއިމުކުރުމަށް ފުލުހުން 24 ގަޑިއިރު މަސައްކަތުގައި ތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނައް ދެއްވާކަމަށާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ކޮންމެ އާއިލާއަކަށް ޑްރަގުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު އެކަމުން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ރައީސް ޑރ.މުއިއްޒު ދިވެހިން ހޯދައިދޭން ބޭނުންވާ އަމާން ރައްކާތެރި އަދި ޑްރަގް ފްރީ މުޖްތަމައު ހޯދުމަށް އެ މިނިސްޓްރީ އަދި އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެހެންވެސް އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރަމަށް ތައްޔާރަށް ތިބިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް