ads
އެމްޑީޕީގެ އިސްވެރިން މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
އަސާސީ ހިދުމަތް ނުދީ ކުންފުނިތަކުގެ ފައިސާ ހަރަދުކުރަނީ ޕާޓީ އަށް: އެމްޑީޕީ
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކުގެ ބަޖެޓު ބޭނުންކޮށްގެން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރަކާތްތައް ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
Advertisement

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބި ދިގު މުއްދަތެއް ވެފައިވާކަމަށް ބުނެ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، ސަރުކާރުން ސިޔާސީ ކަންކަމަށް އިސްކަންދިނުމުގެ ސަބަބުން ރައްޔިތުން އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސާފު ފެން ލިބުމަކީ އަސާސީ އިންސާނީ ހައްގެއް ކަމަށް ވީ ނަމަވެސް، ފުވައްމުލަކުގެ ފެނުގެ މައްސަލައަށް ސަރުކާރުގެ އިދާރާތަކާއި ފެނަކަ ކޯޕަރޭޝަނުން އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެ ޕާޓީން ބުނީ ސަރުކާރުން ފެން ލިބޭނެ ކަމަށް ބުނި ވަގުތަށްވެސް ހިދުމަތް ފޯރުކޮށްދެވިފައި ނުވުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތައް އިތުރުވެފައިވާ ކަމަށެވެ.

މިފަދަ މައްސަލަތަކުގެ އަސްލަކީ އަސާސީ ހިދުމަތްތަކަށްވުރެ ސިޔާސީ ހަރަކާތްތަކަށް އިސްކަން ދިނުން ކަމަށް އެމްޑީޕީން ދެކެއެވެ. އެހެންކަމުން، އެ ޕާޓީން ވަނީ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ކުންފުނިތަކުގެ ބަޖެޓު ޕާޓީ ހަރަކާތްތަކަށް ހޭދަކުރުމުގެ ބަދަލުގައި، އަސާސީ ހިދުމަތްތައް ދިނުމަށް އިސްކަން ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް