ads
އޮޕަރޭޝަން އަލިމަގު" އަތުލައިގެން ބައެއް ތަކެތި
ޑްރަގު އޮޕަރޭޝަން؛ ހައްޔަރުކުރި މީހުންގެ އަދަދު 100 އިން މައްޗަށް
ރާއްޖެއިން ޑްރަގު ނައްތާލުމަށް މިއަދު ފެށި އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 100 މައްޗަށް އަރާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

'އޮޕަރޭޝަން އަލިމަގު'ގެ ނަމުން ނަން ދީފައިވާ މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ފަތިހުއެވެ. އެއް ފަހަރާ 100 ތަނެއް ގައި ކުރިޔަށްދާ މި އޮޕަރޭޝަންގައި 500 ވުރެ ގިނަ ފުލުހުން ބައިވެރިވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިޔުސް ކޮންޓްރޯލް ޗީފް އިންސްޕެކްޓާ އޮޕް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ މި އޮޕަރޭޝަންގައި ބަލަން ކަނޑައެޅި ތަންތަނުގެ 90 އިންސައްތަ ތަންތަން މިހާރު ބަލާ ފާސްކޮށްފައިވާކަމަށެވެ.  

މި އޮޕަރޭޝަނުގެ ތެރެއިން 104 ތަނެއް ބަލާ ފާސްކުރަން ނިންމާފައިވާއިރު ބާކީ ހުރި ތަންތަން ހޯލްޑުކޮށްފައިވާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އޭގެ ތެރޭ އެކަކަށް ނިސްބަތްވާ ގިނަ ތަންތަން ހުރުމުންކަމަށެވެ. އެހެންނަމަވެސް އޮޕަރޭޝަންގެ މާބޮޑު ތަފްސީލުތަކެއް އަދި ފުލުހުން ނުދެއެވެ. 

މި އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ޑްރަގާއި ފައިސާ އަތުލާފައިވާކަމަށް ފުލުހުން ބުނެއެވެ. 

އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ޑްރަގުގެ ބާވަތްތައް 

  • ކެނެބިސް
  • މެތު 
  • ހެރޮއިން
  • ސިންތެޓިކް ޑްރަގު 

މީގެ އިތުރުން މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ބޭނުންވާ ސާމާނާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ސާމާނު ވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި އޮޕަރޭޝަނާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މި އޮޕަރޭޝަން ހިންގަނީ މިދިޔަ ހަ މަސްދުވަހު ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫތުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި މިއަދަށް ފަހު ރާއްޖޭގައި ޑްރަގު ވިއްކާ އަދި ބޯ މީހުން އުޅެން އުނދަގޫވާވަރު ކުރާނެ ކަމުގެ އިންޒާރުވެސް ހޯމް މިނިސްޓަރު ވަނީ ދީފައެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް