ads
ފީފާގެ ރައީސް އިންފަންޓީނޯ ރށާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގެ ތެރެއިން
ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވާން ތަރުބިއްޔަތު ލިބެން ޖެހޭ: ރައީސް
ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވާން ތަރުބިއްޔަތު ލިބެން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމުކަމަށެވެ. 

" ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ. ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ." ރައީސް މުއިއްޒި ވިދާޅުވިއެވެ.

މިގޮތުން، މިކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރާ  މަަސައްކަތްތަކަށް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު އާކުރާ ބަޔަކަށް ވާންޖެހޭކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ. މިއަހަރުގެ މި ދިވަހުގެ ޝިއާރަކީ ހަކުރު ބައްޔާއި ދުޅަހެޔޮކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް